coloring

12:52 PM Posted In Edit This 0 Comments »

އަމިއަލައަށް ވާހަކަ ފޮތެއްގައި ކުލަގެއްސުމަށް ތަސްވީރަށް އޮބާލަށްވާ

10:49 PM Edit This 0 Comments »

ޗައިނާގެ ބޮޑުފާރު

ކަންފަތު ހަންޑި

4:31 PM Edit This 2 Comments »

މަނާލްގެ ދިހަވާހަކަ

މިފޮތްބަޔަކީ ކިއަން ފަށައިގަންނަ ކުދިންނަށް

ތައްޔާރު ކުރެވިފައިވާ ފޮތްބައެއް ކަމުގައިވިއަސް

ތާނަކިއަން ނޭގޭކުދިންނަށް ބެލެނިވެރިންގެ

އެހީތެރިކަން ފުރަތަމަ ކޮޅުގައި ދެއްވުން އެދެމެވެ.

ޝުކުރު

މިފޮތް ނިންމުމުގެ ހެޔޮރަޙްމަތް ﷲ ސުބުޙާނަހޫ ވަތަޢާލާ

އަޅުގަޑަށާއި އަޅުގަނޑުގެ ދަރިންނަށް ދެއްވި ކަމައްޓަކާ

ﷲ އަށް ޝުކުރު ދަންނަވަމެވެ. އަދި، މިފޮތްބައި

އެކުލަވާލުމުގައި ބައްޕައަށް އެހީތެރިވީތީ ޔާސްމީން ސިރާޖަށާ

އަދި ޓީމަށް ވަރައްބޮޑަށް ޝުކުރިއްޔާ.

ކަންފަތު ހަންޑި

ޙުސައިން ސިރާޖު

މަނާލް ސުކޫލުން އަންނަނިކޮށް ހަންޑިއަކާ ދިމާވިއެވެ. އެއީ، ވަރަށް

ރައްޓެހި ހަންޑިއެކެވެ. އެހަންޑިއަށް

ކިއަނީ ކަންފަތު ހަންޑިއެވެ.

-1-

ހަންޑީގެ ގެހުންނަނީ ވަލުގައެވެ.

އެއްދުވަހަކު މަނާލް ހަންޑީގެ ގެއަށް ދިއައެވެ.

ހަންޑީގެ ކޮއްކޮ ވަރަށް ލޯތްބެވެ.

-2-

ކޮއްކޮ ހަންޑީގެ

ލޮލެއްނެތޭ ބޮލެއްނެތޭ

އަތެއްނެތޭ ދަތެއްނެތޭ

މަނާލް ބުންޏެވެ.

-3-

މަނާލުގެ މާމަ ކޮއްކޮ ހަންޑިއަށް

ދޭން ހަދިއާ ފޮށްޓެއް ހެދިއެވެ.

-4-

ފޮށްޓަށް ފުރަތަމަލީ ލޮލެކެވެ.

ދެންލީ ބޮލެކެވެ.

ދެންލީ ދޮންދޮން މޫނެކެވެ.

-5-

މާމަ ފޮށްޓަށްލީ މޫނުގައި ރީތިރީތި

ނޭފަތެއް ހަރުކުރިއެވެ.

-6-

މާމަ ހަދިޔާ ފޮށިދިނުމުން ކަންފަތު ހަންޑި ވަރަށް އުފަލުން މާމައަށާއި

މަނާލަށް ސުކުރުއަދާކުރިއެވެ.

-7-

ހަންޑިގެއަށްދިއައީ އުފަލުން ހެމުން

ދެކަންފަތުން އުދުހިލާފައެވެ.

-8-

މަނާލްގެ ކަންފަތުހަންޑި ވާހަކައަކީ

4 އަހަރާއި 8 އަހަރާ ދެމެދުގެ

ކުދިންނަށް ތައްޔާރުކުރެވިފާވާ ވާހަކައެކެވެ.

ކުރެހުމާއި ވާހަކަ: ޙުސައިން ސިރާޖު ، މަނާލަ ސިރާޖު

ވިއްސާރަ ދުނި

4:10 PM Edit This 0 Comments »

މިއީ ކުލަތައް ދަސްކޮއްދިނުމައްޓަކާ ހަދާފައިވާ ވާހަކައެކެވެ
މިވާހަކަވެސް ހިމެނެނީ މަނާލްގެ 10 ވާހަކައިގެ ޕްރޮޖެކްޓްގެ ތެރޭގައެވެ
Locations of visitors to this page